Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

"ލީނާ" މިރޭ މަރަދޫގައި އަޅުވަނީ

ބެލުންތެރިންގެ ތެރޭގައި ބޮޑު މަގްބޫލްކަމެއް ހޯދަމުން އަންނަ ދިވެހި ފިލްމު "ލީނާ" މިރޭ މަރަދޫގައި އެޅުވުމަށް ނިންމައިފިއެވެ.

އޮލިމްޕަހުގައި ކާމިޔާބު ޝޯވް ތަކެއް ދައްކާފައިވާ މިފިލްމަކީ ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގައި ހިނގާފައިވާ މަރުގެ ހާދިސާ އަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފީޗާ ފިލްމެކެވެ.

މި ފިލްމު މިރެ އާއި މާދަމާރޭ މަރަދޫ ބޮޑަގޭގައި ދައްކާއިރު ހިތަދޫގައި ދައްކާ ޝޯވްތައް މިހާރު ވަނީ މިމަހުގެ 10 އަދި 11 އަށް ފަސްކޮށްފައެވެ. ހިތަދޫގައި ފިލްމު ދައްކާނީ ބިލަބޮންގ ހައި ސްކޫލްގައެވެ.

މި ފިލްމުގެ ޓިކެޓު މަރަދޫ ބޮޑަގެ އަދި ފޭދޫ ކޮންޓްރޯލްޕީއިން ވިއްކާއިރު ޓިކެޓު ބައްލަވައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 9499676 އަށް ގުޅައިގެން ޓިކެޓް ގަތުމުގެ ކަންކަން ހަމަޖެހޭނެކަމަށް ފިލްމު އަޅުވާ ފަރާތުން ބުނެއެވެ.

ޑައިރެކްޓަރ މުއާޒާއި ކުޅަދާނަ އެކްޓަރުން ކަމަށްވާ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ޒީނަތު އައްބާސާއި އަހުމަދު ނިމާލުގެ އިތުރުން އަހުމަދު އީސަ ފެނިގެންދާނެއެވެ.

ފިލްމުގައި އައްޒަ ފެނިގެންދާނީ ލީނާގެ ގޮތުގައެވެ. އަދި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. ލީނާގެ ބެސްޓް ފްރެންޓުގެ ރޯލުން ނުޒޫ ފެނިގެންދާއިރު، ގާތިލެއްގެ ބައިން ފެނިގެންދާނީ މުއާ އެވެ.