Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ޓްރަމްޕް އުރުދުޣާން އަށް: މާ ގަދަވާން ނޫޅޭ، ނަތީޖާ ހިތިވެދާނެ

(Photo by Sean Gallup/Getty Images)

ތުރުކީ ބޯޑަރުގައި ހަރަކާތްތެރިވާ ކުރުދީންނާ ދެކޮޅަށް ތުރުކީ ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއަށް ނަސޭހަތުގެ ސިޓީއެއް ފޮނުވައިފިއެވެ.

ޓްރަމްޕް ފޮނުވި ކަމަށް ބުނާ ސިޓީ 'ސީއެންއެން' ގައި ޝާޢިއު ކޮށްފައިވާއިރު އެސިޓީގައި ޓްރަމްޕް ވަނީ އެތައް ހާސް މީހުންނެއް މެރުމުގެ ކުރިން ވިސްނާލުމަށް އެދިވަޑައިގެންފައެވެ. އަދި އެމައްސަލަ ހައްލުކުރުމަށް ރަނގަޅު "ޑީލެއް" ހެދުމަށް އިލްތިމާސްކޮށްފައިވެއެވެ.

އެމެރިކާގެ ސިފައިން ތުރުކީ އިން ގެންދިއުމަށް ފަހު ޓްރަމްޕް ވަނީ ކުރުދީންނަށް ދީފައިވާ ހިމާޔަތް ނަގާފައެވެ. ތުރުކީ ސިފައިން ކުރުދީންނަށް ހަމަލާދޭން ފެށީ އެހިސާބުންނެވެ.

ޓްރަމްޕް ފޮނުވި ސިޓީގައި އިތުރަށް ވިދާޅުވީ ތާރީޚު ބަލާއިރު މިމައްސަލަ ރަނގަޅު ގޮތެއްގައި ހައްލު ކޮށްފިނަމަ އަބަދުވެސް އޭނާ ދެކޭނީ ރަނގަޅު މީހެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެނޫން ގޮތަކަށް އަމަލުކޮށްފިނަމަ ނަތީޖާ ހިތިވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި 'ގަދަ' މީހަކަށް ނުވުމަށާއި މޮޔައަކަށް ނުވުމަށް ޓްރަމްޕް ވަނީ އުރުދުޣާންއަށް ނަސޭހަތްތެރިވެފައެވެ.