Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ޖިމެއް ތަރައްގީ ކުރަން އަދި އާއްމު ވިޔަފާރިއަށް ބިން ދޫކުރަނީ

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

އައްޑޫސިޓީ ހިތަދޫ އިން ދެ ބިމެއް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބިން ދޫކުރަނީ އަންހެނުންނަށް ޚާއްސަކުރެވޭ ޖިމެއް ތަރައްޤީ ކުރުމަށާއި ޢާއްމު ވިޔަފާރިއަށް ކަމަށެވެ.

އެގޮތުން ޖިމު ތަރައްގީ ކުރަން ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗުގެ އިރުން ޗެކާރސް އާއި ދެމެދު އޮތް 4000 އަކަފޫޓުގެ ކުލީ ބިމެވެ. އާއްމު ވިޔަފާރިއަށް ދޫކުރަނީ ހިތަދޫ ހިއްކިބިން ސަރަހައްދުގެ 468 ނަންބަރު ބްލޮކްގައިވާ 51 ނަންބަރު 4000 އަކަފޫޓުގެ ކުލީ ބިން) "އެފެސް ކޭކްސް" ގެ އުތުރުން އޮތް ބިން) އެވެ.

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން މި މަހުގެ 28 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

ކޮންމެ ބިމަކަށް ވިއްކާނީ ވަކި ބިޑު ފޯމެކެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ އެވެ. ބިޑް ބަލައިގަތުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު 11:00ގައި ކައުންސިލްގެ އިދާރާގައެވެ.