Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

"އިންޑިއާ އެކްސްޕޯ" ފެއަރ އަށް ރައީސް ޒިޔާރަތް ކުރައްވައިފި

"އިންޑިއާ އެކްސްޕޯ" ފެއަރ އަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި މި ޒިޔާރަތުގައި، އެކްސްޕޯގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

އެސްއެމްއީ އެންޑް އެންޓަރޕްރަނަރސް ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމުކުރި މި ފެއަރ ގައި އިންޑިޔާގެ 30 ވިޔަފާރިއަކުން ސްޓޯލްތައް ހުޅުވާފައިވެއެވެ.

މި އެކްސްޕޯގެ މަޤްޞަދަކީ އިންޑިޔާގެ ބައެއް ވިޔަފާރިތަކާއި އެފެރާތްތަކުގެ ބައެއް އުފެއްދުންތައް ރާއްޖޭގެ ވިޔަފާރިތަކާއި އާންމުންނަށް މާކެޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.