Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފި

އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ މި ހިނގާ ދިރާސީ އަހަރު ނިމޭއިރު ދަރިވަރުންނަށް އަންނަ އަހަރަށް ބޭނުންވާ ފޮތްތައް ފޯރުކޮށްދީ ނިމޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގައިވެސް ރިޕޯޓު ފޯމު ހަވާލުކުރާ ދުވަހު ކުރިއަށް އޮންނަ އަހަރުގެ ފޮތް ލިސްޓް ދަރިވަރުންނާ ހަވާލުކުރެއެވެ.

އެކަޑެމިކް ކަލަންޑަރުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ފަހު އިމްތިހާނަށް ފަހު ރިޕޯޓު ފޮތް ދީ ސްކޫލްތައް ބަންދުކުރާނީ ނޮވެމްބަރު 21ގަ އެވެ. އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.