Last Updated: April 26, 23:59
Saturday, April 27, 2024
ކުޅިވަރު

ޝަކުވާތަކާ ގުޅިގެން މަގުމަތީގައި ބެހެއްޓި ސްކްރީން ނަގައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭއިރު ދަނޑު ބޭރުގައި މެޗު ވަގުތުން ދައްކަން ބެހެއްޓި ބޮޑު ސްކްރީން ނެގުމަށް ނިންމައިފިއެވެ.

ދަނޑު ބޭރުގައި ބޮޑު ސްކްރީނެއް ބެހެއްޓުމަށް ނިންމީ ދަނޑުގައި ބަންދުކޮށްފައިވާ ސަރަހައްދުގެ ސިޑިބަރިތައް ބޭނުން ކުރެވެން ނެތުމުން ވީހާވެސް ގިނަ ބަޔަކަށް މެޗު ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބޭނުމުގައެވެ.

ނަމަވެސް މަގު ބަންދުކޮށްގެން ސްކްރީން ބެހެއްޓުމުން އާންމުން ޝަކުވާ ކުރަން ފެށިއިރު، ގައުމީ ޓީމް ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަޖީދީ މަގު ގަލޮޅު ދަނޑު ސަހަރައްދު ބަންދުކޮށް ސްކްރީން ބެހެއްޓީ ދަނޑުގެ ޖާގައިގެ ދަތިކަމުން ގިނަ ސަޕޯޓަރުންނަށް ދަނޑު ބޭރުގައި މެޗު ބެލޭނެ ގޮތް ހެދުމުގައި މަގުސަދުގައި ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން ހުރުމުން ސްކްރީން ނައްޓާލާ އާއްމުންނަށް ދަތި ނުވާނެހެން މަގު ހުޅުވާލަން ނިންމާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ގުއާމް އަތުން ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ދެވަނަ މެޗްގައި 5-0 ގެ ނަތީޖާއަކުން ޗައިނާ އަތުން ބަލިވެފައިވާއިރު ތިންވަނަ މެޗްގައި ސީރިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރާއްޖެ އޮތީ ގްރޫޕްގެ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ސީރިޔާއެވެ.