Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އައްޑޫ ކައުންސިލުން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019" ގެ ނަމުގައި ބާއްވާ މި މުބާރާތް އޮންނާނީ އަންނަ މަހުގެ 26 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް އަންނަ އާދީއްތަ ދުވަހުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާ އާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް އިން ލިބެން ހުންނާނެއެވެ.

އައްޑޫ ކައުންސިލުން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ހުށަހެޅުމަށް އެދިފައެވެ.