Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ ރާޖަޕަކްސަ ކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މިއަދު ކުރައްވައިފި އެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ކުރިން ހުންނެވީ ރަނިލް ވިކްރަމަސިންހަ އެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރަނިލްގެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ސަޖިތް ޕްރަމަދޭސާ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވުމުން ރަނިލް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ބޮޑުވަޒީރު ކަމުގެ މަގާމާ ރާޖަޕަކްސަ ހަވާލުވިއިރު އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައެވެ. މިއީ ލަންކާގެ ވެރިކަމުގައި ދެބެއިން ތިއްބަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރާޖަޕަކްސަ އަކީ ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ 24 ވަނަ ފަރާތެވެ.

ރާޖަޕަކްސަ ލަންކާގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ގޯޓާބަޔަ ހުންނެވީ އެގައުމުގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ. އެގައުމުގެ ޒަމާންވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެންނެވީ ގޯޓާބަޔަ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރުއެވެ.