Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ކަންގަނާ އަކީ ބޮލީވުޑްގެ "ނަމްބަރު 1" އާޓިސްޓް: އަމީތާބް

ކަންގަނާ ރަނައުތް އަކީ ބޮލީވުޑްގެ "ނަމްބަރު 1" އާޓިސްޓް ކަމަށް ބޮލީވުޑްގެ މަޝްހޫރު މެގަސްޓާރ ކަމަށްވާ އަމީތާބް ބުނެފިއެވެ.

އަމީތާބް މިހެން ބުނެފައިވަނީ އޭނާ ހުށަހަޅައިދޭ މަޝްހޫރު ކުއިޒް ޝޯވ އެއްގައި ބައިވެރިންނާއި ކުރިމަތި ކުރުވި ސުވާލެއްގެ ޖަވާބަކީ ކަންގަނާ ކަން ހާމަ ކުރަމުން ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވެއެވެ.

އެ ސުވާލުގެ ޖަވާބަށް އިޝާރާތް ކުރަމުން އޭގައި އިވޭ އަޑަކީ ކަންގަނާގެ އަޑު ކަމަށް އަމީތާބް ބުނެފައިވެއެވެ. އޭގެ އިތުރުން ކަންގަނާއާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ބައިވެރިންނާއި ބެލުންތެރިންނަށް އަމީތާބް ވަނީ އަރުވާފައެވެ. އެ ގޮތުން ކަންގަނާ އަކީ ވަރަށް ރީތި އެކްޓްރެސްއެއް ކަމަށާއި އެއްވަނަ ނަމްބަރުގައި އުޅޭ އާޓިސްްޓް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކަންގަނާ އަކީ ވަރަށް މަޝްހޫރު ތަރިއެއް ކަމަށް ވެސް އަމީތާބް ވަނީ ބުނެފައެވެ.

ކަންގަނާ އަކީ ގިނަ ފިލްމު ތަކަކުން ފެނި މަޝްހޫރު ވެފައިވާ ބޮލީވުޑްގެ މޫނެކެވެ. ކަންގަނާ މި ވަގުތު މަސައްކަތް ކުރަމުން ދަނީ "ޖަޔާލަލީތާ" ކިޔާ ފިލްމެއްގައެވެ. އެ ފިލްމު ތިން ބަހަކުން ރިލީސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ތަމަޅަ، ހިންދީ އަދި ތެލުނގޫއެވެ.