Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ފަށެއް ވިއްކަން އުޅުނު މީހަކަށް ފިހިގަނޑަކުން ހަމަލާދީ ބޯ ފަޅާލައިފި

ހަމަލާދިިނުމަށް ބޭނުންކުރި ފިހިގަނޑު - ފޮޓޯ: ޕޮލިސް

މާލޭގެ ގެެއަކަށް ފަށެއް ވިއްކަން ދިޔަ މީހަކަށް ފިހިގަނޑަކުން ހަމަލާދީ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 15:16 ހާއިރު ގަލޮޅު ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މާރާމާރީ ހިނގާފައިވަނީ ދެ މީހެއް ފަށެއް ވިއްކަން އެ ގެއަށް ވަދެ ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެގޭ މީހެއް ފިހިގަނޑަކުން ފަށް ވިއްކަން އުޅުނު މީހާގެ ބޮލުގައި ޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.