Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ސައުދީ ރަސްގެފާނުގެ ބޭބޭފުޅު އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުވައިފި

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ބޭބޭފުޅު، ޕްރިންސް މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާއި ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ސަޢޫދީ ރަސްގެފާނަށް ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޝާހީ ޢާއިލާއަށާއި، މަރުޙޫމުގެ ދަރިކަލުން ޕްރިންސް މަންސޫރު ބިން މުތްޢަބު ބިން ޢަބުދުލް ޢަޒީޒުއާއި އާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕްރިންސް މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާއި ގުޅިގެން ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.