Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

19 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ސަރުކާރުން އުފައްދާފައިވާ 19 ކުންފުންޏެއް އުވާލަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައިވާ ގޮތުން އުވާލުމަށް ނިންމާފައިވާ ގިނަ ކުންފުނިތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފައްދާފައިވާ ކުންފުނިތަކެވެ.

ސަރުކާރު ހިއްސާވާ ޖުމްލަ 31 ކުންފުނި އުފައްދާފައިވެ އެވެ. ނަމަވެސް ފައިދާ ވަނީ މަދު ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އުވާލުމަށް ނިންމާފައިވާ ކުންފުނިތައް:

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން
ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން
މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން
ނޯތު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން
ނޮދާން ހެލްތު ސާވިސަސް ކޯޕަރޭޝަން
ސައުތު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަން
ސަދާން ހެލްތު ސާވިސަސް ކޯޕަރޭޝަން
އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަން
އަޕާ ސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަން
ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
ކުޅުދުއްފުށި ޕޯޓް ލިމިޓެޑް
ހިތަދޫ ޕޯޓް ލިމިޓެޑް
މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް
ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ހަޒާނާ މޯލްޑިވްސް ލިމިޓެޑް
ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖްމަންޓް ކޮމްޕެނީ ލިމިޓެޑް