Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ބޮޑު ތިން މަރާ ގުޅޭ ދެ މީހަކަށް ދައުވާކޮށްދިނުމަށް އެދިއްޖެ

މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން ހިންގި ތިން ތަހުގީގަކާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މަރުތަކާ ބެހޭ ކޮމިޝަނުން ދައުވާކޮށް ދިނުމަށް އެދިފައި ވަނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރާ ގުޅިގެންނެވެ.

އެގޮތުން ސާމިތާއި މަޒީދަކީ މި ތިން ފަރާތް މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ރިޔާސީ ކޮމިޝަނުން ބުނެއެވެ. އަދި އެ ދެ މީހުންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ދެ މީހުން ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މިއީ ކޮމިޝަނުގެ ތަހުގީގަކަށްފަހު ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ފުރަތަމަ ފަހަރެވެ.