Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ހައި ކޯޓުން ޖޭއެސްސީ އަށް ފަނޑިޔާރު ސަމީރު

ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާނެ ފަނޑިޔާރަކަށް، ފަނޑިޔާރު އަލީ ސަމީރު ހަމަޖައްސައިފިއެވެ.

އެގޮތުން ފަނޑިޔާރު ސަމީރު ޖޭއެސްސީއަށް ހަމަޖައްސަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ބޭއްވި އިންތިހާބަކުންނެވެ.

ޖޭއެސްސީގައި މީގެކުރިން ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންނެވީ އަލްއުސްތާޛު ޢަބްދުއްރަޢޫފު އިބްރާހިމެވެ. ނަމަވެސް އޭނާ ދާދިފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭއެސްސީ އަށް ފޮނުއްވި ނަންތަކުގެ ތެރޭގައި ރައޫފްގެ ނަން ހިމެނެއެވެ.

ޖޭއެސްސީގައި އިންނަވާ ހައި ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ރައޫފް އައްޔަން ކުރެއްވީ 2017 ވަނަ އަހަރުގެ މެއި މަހުގައެވެ.