Last Updated: April 19, 13:47
Friday, April 19, 2024
ސިޔާސީ

މުއައްސަސާތަކަށް ގާބިލު މީހުން އައްޔަންކޮށްގެން ނޫނީ ގައުމެއް ނުހިންގޭނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: ރާއްޖެއެމްވީ

ދައުލަތުގެ މުއައްސަސާތަކަށް ގާބިލު މީހުން އައްޔަންކޮށްގެން ނޫނީ ގައުމެއް ނުހިންގޭނެކަމަށް ކުރީގެ ޑިފެންސް މިނިސްޓާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ކުރެއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވީ، ބްރޯޑްކޮމްއަށް ޕީޕީއެމްގެ އެކްޓިވިސްޓުން އައްޔަންކޮށްގެން ފާޑުކީ އެމްޑީޕީގެ ބޭފުޅުން މިއަދު ދައްކާނީ ކޮން މޫނެއްތޯ އެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ އަހްމަދު ގައިސް، ބްރޯޑްކޮމްއަށް އައްޔަންކުރުމަށް މިއަދު މަޖިލީހުން ފާސްކުރުމުން، ބްރޯޑްކޮމްއާއި މެދު މިއަދު އޮތީ ވަކި ކޮން އިތުބާރެއް ތޯވެސް އުމަރުވަނީ ސުވާލުކޮށްފަ އެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ގާބިލް ތައުލީމީ އަދި ތަޖުރިބަކާރު ބޭފުޅުން އައްޔަން ކޮށްގެން ނޫނީ މިގައުމު ހަމަމަގަށް ނޭޅުވޭނެކަމަށްވެސް އުމަރު ވިދާޅުވި އެވެ. އަދި މެރިޓޮކްރެސީގެ ސިޔާސަތު ތަންފީޒުކޮށްދޭނެ ކަމަށްވެސް އުމަރުވަނީ ވިދާޅުވެފަ އެވެ.

އުމަރު މިހެން ވިދާޅުވެފަިއވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ރާއްޖެ ޓީވީ އާއި "ހަވީރު" ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފާއި އަހުމަދު ގައިސް އަދި ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފައި ވަނިކޮށެވެ. ގދ. ތިނަދޫ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ގައިސް ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލިހުން ފާސް ކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ. މާސްޓާސް ޑިގްރީއެއް ހާސިލްކުރައްވާފައިވާ ގައިސް އަކީ ގދ. އަތޮޅު ކައުންސިލަށް ވެސް އިންތިހާބުވި ބޭފުޅެކެވެ. އޭނާ މިހާތަނަށް މީޑިއާގެ ދާއިރާގައި އުޅުއްވި ކަމެއް ނޭނގެ އެވެ.