Last Updated: October 20, 13:28
Tuesday, October 20, 2020
ޚަބަރު

11 މަސް ދުވަހަށްފަހު ރިޝީ ކަޕޫރު އެނބުރި ފިލްމެއްގެ މަސައްކަތަށް

ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް 11 މަހާއި 11 ދުވަސް ވަންދެން ލަންޑަނުގައި އުޅުމަށްފަހު ރިޝީ ކަޕޫރު އެނބުރި އިންޑިއާއަށް އައިސް ފިލްމެއްގެ މަސައްކަތް ފެށުމަށް ހަމަޖެހިއްޖެއެވެ.

ސެޕްޓެމްބަރު 10 ވަނަ ދުވަހު މުމްބާއީއަށް އެނބުރި އައުމަށްފަހު ވެސް ރިޝީ ވަނީ މަސައްކަތާއި ދުރުގައި 15 ވަރަކަށް ދުވަސް ހޭދަކޮށްފައެވެ. އެއަށްފަހު މަސައްކަތަށް ނުކުމެ އޭނާ ފަށާފައިވާ ހިތޭޝް ބާޓިއާގެ ފިލްމު ނިންމުމުގެ އެންމެ ފަހުގެ ޝޫޓިންގ ތަކުގައި އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.

ރިޝީގެ މި ފިލްމް މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ފެނިގެންދާނެ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރެއެވެ.

ރިޝީ ކަޕޫރު އަކީ ފިލްމީ ދާއިރާއަށް ނިކުތުމަށްފަހު ބޮލީވުޑްގައި އަލިގަދަ ތަރިއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވާ ފަރާތެކެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔާ ނީތީ ކަޕޫރު އަދި ރަންބީރް ކަޕޫރު އަކީ ވެސް ބޮލީވުޑްގައި މަޝްހޫރު ފަރާތްތަކެވެ.