Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

އަންހެން ބާސްކެޓް ޓީމް ބޮރޯންޒު ހޯދައިފި

ގައުމީ ޓީމު ކާމިޔާބީއަށް ފަހު އުފާ ފާޅުކުރަނީ: ފޮޓޯ ހުސެން ވަހީދު އެމްއޯސީ

ދިވެހި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ސައުތް އޭޝިއަން ގޭމްސްގައި ބޫޓާން ބަލިކޮށް ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ފަސޭހަކަމާއެކު ގައުމީ ޓީމު ބޫޓާންގެ މައްޗަށް ކުރި ހޯދީ 37 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ބޫޓާނަށް 46 ޕޮއިންޓު ހެދިއިރު ރާއްޖެ ވަނީ 83 ޕޮއިންޓު ހަދާފައެވެ.

ސައުތް އޭޝިއަން ގޭމްސްއަށް ދިވެހި ޓީމު ދިޔައީ މަދު ކުޅުންތެރިންނާއެކުގައެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި ގައުމީ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކައި އެހެން ގައުމުތަކަށް ވަރުގަދަ ޗެލެންޖެއް ދީފައެވެ.

ދިވެހި ޓީމު ސެމީގައި ބަލިވީ ނޭޕަލް އަތުންނެވެ. ނޭޕާލުން ވަނީ މެޗު ނިންމާލިއިރު ރާއްޖެ މައްޗަށް 36 ޕޮއިންޓުގެ ލީޑެއް ހޯދާފައެވެ.

ނަމަވެސް މިއަދު ބޫޓާން ބަލިކޮށް ރާއްޖެ ހޯދި ބްރޯންޒް މެޑަލަކީ ރާއްޖޭގެ ބާސްކެޓު ބޯޅައިގެ ތާރީޚުގައި މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.