Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ހަމަލާ ދީފި

އިރާގުގައި ގާއިމްވެފައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އިރާނުން މިސައިލް ހަމަލާ ފޮނުވައިފިއެވެ.

މިހަމަލާތައް ފޮނުވާލާފައިވަނީ އެމެރިކާއިން މަރާލި އެގައުމުގެ އަސްކަރީ ލީޑަރު، ގާސިމް ސުލެއިމާނީ ފަސްދާނުލެވުނުތާ ގަޑިއިރުތަކެއް ފަހުންނެވެ. ހަމަލާތައް ފޮނުވާފައިވަނީ ސުލެއިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމަށް އިރާނުން ބުނެފައިވަނިކޮށެވެ.

ހަމަލާ ފޮނުވާފައިވަނީ އިރާގުގެ އަސަދް އަދި އާބިލް ގައި ހުރި އެމެރިކާ ބޭސްތަކަށެވެ. ނަމަވެސް މިސައިލްތައް ގޮވުމުގެ ކުރިން ހަމަލާތަކުގެ އިންޒާރު ލިބުމުން ސިފައިން ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ.

އެމެރިކާ އަސްކަރިއްޔާ އާ ހަވާލާދީ އޮފިޝަލުން ރިޕޯޓުކުރާ ގޮތުގައި ހުރިހާ ސިފައިން ވެސް ވަނީ ހަމަލާ ލިބުމުގެ ކުރިން ބަންކަރުތަކަށް ވަދެފައެވެ. އަދި މިހާތަނަށް އެއްވެސް ސިފައިންގެ މީހަކު މަރުވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހަމަލާ ގައި އިރާގުގެ އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ. އިރާގު އަސްކަރިއްޔާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއްވެސް މީހަކު މަރުވެފައިނުވެއެވެ.