Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޔުކްރެއިންގެ ބޯޓެއް ޓެހެރާން ކައިރިއަށް ވެއްޓިއްޖެ

އިރާންގެ ވެރިރަށް ޓެހްރާން އިން ފުރައިގެން ދިޔަ ޔުކްރެއިން އެއާލައިންސްގެ ބޮއެންގެ 737 މަރުކާ ބޯޓެއް ޓެހްރާން ކައިރިން ވެއްޓިއްޖެއެވެ.

އިރާންގެ ނޫސްތައް ބުނާ ގޮތުގައި 180 މީހުންނާ އެކު ދަތުރުކުރި މިބޯޓު ވެއްޓިފައިވަނީ ޓެހެރާންގެ ދެކުނުން ޕަރަންޑް ކިޔާ ރަޝެއްގެ ކައިރިއަށް، ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުގައި ތިބި އެންމެން ވަނީ މިހާދިސާގައި މަރުވެފައެވެ.

ޓެހެރާން ގަޑިން 5:15 ގައި ފުރަން ތާވަލް ކުރެވުނު މިފްލައިޓް ޑިލޭވެ ފުރުނީ 6:12 ގައެވެ. ބޯޓު ދަތުރުކުރީ ޔުކްރެއިންގެ ވެރިރަށް ކިއެވްއަށެވެ.

އިރާންގެ އައިއެސްއެންއޭ ނޫސް އޭޖެންސީން ޝާއިއު ކުރި ވީޑިއޯއެއްގައި ފެންނަނީ ބޯޓުގެ އަލި މަޑުމަޑުން ފަނޑުވުމަށް ފަހު ބޮޑު ގޮވުންގަނޑެއް ގޮވިތަނެވެ.