Last Updated: April 19, 06:56
Friday, April 19, 2024
މީހުން

ހެރީ އާ މެގަން ދުރުވުމުން ޝާހީ އާއިލާ ދެރަވެއްޖެ

(Photo by Chris Jackson/Chris Jackson/Getty Images)

އިނގިރޭސި ޝާހީ އާއިލާއިން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކަލް ދުރުވުމަށް ނިންމި ނިންމުގެ ސަބަބުން ޝާހީ އާއިލާއަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.

އިއްޔެ ހެރީގެ ދެކަނބަލުން ވަނީ އިނގިރޭސި ވިލާތުގައި ހޭދަކުރާ ދުވަސްތައް މަދުކުރުމަށް ނިންމައި، ބާކީ ދުވަސްތައް އެމެރިކާގައި ހޭދަކުރުމަށް ނިންމާފައެވެ. އަދި ޝާހީ އާއިލާގައި އަދާކުރަމުންދާ މަގާމުވެސް ދަށް ކޮށްލުމަށް ވަނީ ނިންމާފައެވެ.

ޝާހީ އާއިލާއިން ބުނީ، ހެރީ އާ މެގަންގެ މި ނިންމުމަކީ ރާނީއާ އަދި އާއިލާގެ އެހެން މެމްބަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން ނުހަނު ބޮޑު މޮޅިވެރިކަމެއް އާއިލާއަށް ލިބިފައިވާ ކަމަށް 'ބީބީސީ' އިން ރިޕޯޓުކޮށްފައިވެއެވެ.

ބަކިންހަމް ޕެލެސްގެ މީޑިޔާ އޮފިޝަލް ބުނީ ދެމަފިރިން ނިންމީ އުނދަގޫ ނިންމުމެއް ކަމަށެވެ. އަދި އެކަން ހައްލު ކުރަން ޕެލެސް އިން ތައްޔާރަށް އޮތް ކަމަށް ބުނެފައިވެއެވެ.

ޕްރިންސް ހެރީއާއި މެގަން ވަނީ ސީނިއާ އޮފިޝަލުންގެ ގޮތުގައި ޝާހީ އާއިލާގައި ނުތިބުމަށް ނިންމާފައެވެ. އިނގިރޭސި ވިލާތާއި އެމެރިކާގައި ދުވަސްތައް ބައިކޮށްގެން ހޭދަކުރަން ނިންމީ އަމިއްލައަށް އާމްދަނީ ހޯދައިގެން ތިބުމަށް ވިސްނުމަށް ފަހުގައެވެ.

މެގަން ވަނީ އިނގިރޭސި ބައެއް މީޑިޔާތަކާ ދެކޮޅަށް ސިއްރު ނުހިފެހެއްޓުމާއި ފާރަލުމުގެ ސަބަބުން ދައުވާ ކުރަން ވެސް ނިންމާފައެވެ.