Last Updated: April 25, 18:10
Thursday, April 25, 2024
ދުނިޔެ

ދުުނިޔޭގެ އަމާންކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޓްރަމްޕް

ރައީސް ޑޮނަލްޑް ޓްރަމްޕް ނުރައްކަލެއް:ދިރާސާ

ދުނިޔޭގެ އަމުނުއަމާންކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމަށް ޖަރުމަންވިލާތުގައި ކުރެވުނު ސާވޭއަކުން ހާމަވެއްޖެއެވެ.

ޖަރުމަނުގައި ކުރި ސާވޭއެއްގައި ދުނިޔޭގެ އަމާންކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކޮންބޭފުޅެއްތޯ ސުއާލު ކުރެވުނު މީހުންގެ ތެރެއިން 41 ޕަސެންޓް މީހުން ބުނީ ރައީސް ޓްރަމްޕް ކަމަށެވެ. އީރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ ޚާމަނާއީ އަކީ ނުރައްކަލެއްކަމުގައި ފާހަގަކުރީ ސުއާލުކުރެވުނު މީހުންގެތެރެއިން އެންމެ އަށް ޕަސެންޓު މީހުންނެވެ.

ޖަރުމަނުގެ ނިއުސް އެޖެންސީއެއްކަމުގައިވާ ޑީޕީއޭއިން މިދިޔަ މަހު 16-18އަށް ކުރި ސާވޭ އަމާޒުކޮށްފައި ވަނީ ދުނިޔޭގެ ފަސް ލީޑަރުންނަށެވެ.

ޓްރަމްޕަށްފަހު އެންމެ ނުރައްކާ ލީޑަރެއްގެ ގޮތުގައި ސާވޭގައި ބައިވެރިވި ޖަރުމަނުގެ ގިނަ މީހުން ކަނޑައެޅީ އުތުރު ކޮރެއާގެ ލީޑަރ ކިމް ޖައެޔޮންގް އެވެ.

ދުނިޔޭގެ އެންމެ ނުރައްކާތެރި ދެ ލީޑަރުން: އުތުރު ކޮރެއާގެ ލީޑަރ ކިމްއާއި ޓްރަމްޕް

ސާވޭގައި ސުއާލު ކުރި 2000 މީހުންގެތެރެއިން އަށް ޕަސެންޓް މީހުން އީރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ ޚާމަނާއީއާއި ރަޝިޔާގެ ރައީސް ޕުޓިންއަކީ ވެސް ނުރައްކަލެއްކަމުގައި ފާހަގަކުރިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަމުގައި ބުނީ ސުއާލުކުރެވުނު މީހުންގެ ތެރެއިން އެންމެ ހަތް ޕަސެންޓު މީހުންނެވެ.

ޕުޓިންއާއި ރުހާނީ: ނުރައްކާތެރި ލީޑަރުންގެ ތިންވަނައިގައި

މިދިޔަ އަހަރުގެ ޖުލައި މަހުގެތެރޭގައި ޖަރުމަނުގައި ކުރެވުނު މިފަދަ އެހެން ސާވޭއެއްގައި ސުއާލުކުރި މީހުންގެތެރެއިން 48 ޕަސެންޓު މީހުން ބުނެފައި ވަނީ އުތުރުކޮރެއާގެ ލީޑަރާއި ޕުޓިންއަށް ވުރެ ދުނިޔޭގެ ސުލްހައަށް ޓްރަމްޕުގެ ނުރައްކާ ބޮޑުކަމަށެވެ.

ޓްރަމްޕުގެ އަމުރުފުޅަށް އީރާނުގެ ޖެނެރަލް ޤާސިމް ސުލައިމާނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ސިފައިން ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެން އެތައް މިލިއަން ބަޔަކު ޓްރަމްޕަށް ފާޑުކިޔަމުން އެބަގެންދެއެވެ.