Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

ރައީސް ނަޝީދު ތިލަދުންމައްޗަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ތިލަދުންމައްޗަށް ފުރާވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ މިދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުން ކަމަށެވެ. ތިލަދުންމަތީގައި ހިމެނެނީ ހއ އަތޮޅުގެ ރަށްތަކާއި ހދ އަތޮޅުގެ ރަށްތަކެވެ.

މި ދަތުރުގައި ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެ ޕާޓީގެ އުތުރު މަހާސިންތާ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ އިސްވެރިންގެ އިތުރުން މި ދަތުރުގައި 300 މެމްބަރުން ބައިވެރިވެއެވެ.

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ޙަރަކާތްތައް މިހާރު ފަށާފައިވާއިރު އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގައެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.