Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޕީޕީއެމް ޓިކެޓަށް އެދުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ޕީޕީއެމުން އެންމެ ފުރަތަމަ އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފަހުން ވަނީ އެ މުއްދަތު މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ މި މަހުގެ 24 ގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފައެވެ.

ޕީޕީއެމުން ބުނީ މީގެކުރިން ބުނީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށާއި ޕްރައިމަރީގައި ވޯޓު ލެވޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.