Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

"އިންޑިއާގައި ކިޔަވާ ކުދިންނަށްވުރެ ބޮޑަށް ރައްކާތެރިކަން ދެނީ ގެރިއަށް"

އިންޑިއާގައި ކިޔަވާ ކުދީންނަށްވުރެ ބޮޑަށް ރައްކާތެރިކަން ދެނީ ގެރިއަށް ކަމުގައި ކުރީގެ މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރ ޓްއިންކަލް ކަންނާ ބުނެފިއެވެ.

"އިންޑިއާގައި ގެރި ކަތިލުން ވަނީ މަނާކޮށްފައި. އެކަމަކު ކިޔަވާކުދީންނަށް އަނިޔާކުރުން މަނާކުރެވިފައެއްނެތް." ޓްއިންކަލް ކަންނާ ކުރި ޓްވީޓެއްގައި ލިޔެފައިވެއެވެ.

" ދަރިވަރުންނަށް ކަލޭމެން ތިކަހަލަ އަނިޔާކޮށްގެންނުވާނެ. މަގުމަތީގައި އެމީހުންނަށް މުޒާހަރާކުރެވެންވާނެ. ހަޅުތާލުތައް ކުރެވޭނެ. މަގުތަކަށް ވީހައި ގިނަބަޔަކު ނިކުންނާނެ."

ދަރިވަރުންނަށް އަނިޔާކުރާ ޚަބަރު ލިޔެފައިވާ ނޫހެއްގެ ސުރުޚީއާ ހަވާލާދީ މަޝްހޫރު ފިލްމް ސްޓާރ އަކްޝޭ ކުމާރުގެ އަންހެނުން، ޓުއިންކަލް ލިޔެފައިވަނީ މިހާރު އިންޑިއާގައި ދަރިވަރުންނަށް ހިމާޔަތެއް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

ދިއްލީގެ ޖަވާހަރުލާލު ޔުނިވަރސިޓީގެ ތެރެއަށް ހައްދުފަހަނައަޅާފައިވާ ހިންދޫންގެ 50އަށްވުރެ ވިނަ މީހުން މިމަހު ފަސްވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަދެ، އެތަނުގައި ތިބި މުސްލިމު ކިޔަވާކުދީންނަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެމީހުން އަނިޔާކުރި މީހުންގެތެރޭގައި ޓީޗަރުން ވެސް ހިމެނެއެވެ. ކިޔަވާކުދިންގެ ޔުނިއަންގެ ރައީސަށް ހަމަލާދީ އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް ލޭއޮހޮރުވާލާފައިވެއެވެ.

އެ އަނިޔާވެރި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށާއި ފުލުހުންނަށާއި ހައްދުފަހަނައަޅާފައިވާ ހިންދޫންނަށް ވަރަށް ގިނަ ފާޑުކިއުންތަކާ ކުރިމަތިލާންޖެހުނެވެ. އަދި އެކަމާދެކޮޅަށް ދިއްލީއާއި އިންޑިއާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މުޒާހަރާތައް ކުރެވުނެވެ.