Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ގްރޫޕަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުންތަކެއް -- ފޮޓޯ / ސަން

އއ. ފެރިދޫގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ. 

ފުލުހުން މިއަދު ބުނީ އެ މާރާމާރީގައި 32 އަހަރުގެ ފިރިހެނަކު ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެމީހާއަށް ހަމަލާ ދިނީ ހަ މީހުންގެ ގްރޫޕަކުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި މާރާމާރީގައި ޒަހަމްވެފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އަދި މި ހާދިސާގައި އެ ގްރޫޕުން ޒަހަމްކޮށްލި މީހާގެ ގެއަށްވެސް ގެއްލުން ދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

ޒަހަމްވި މީހާގެ ބޮލުން ދެ ތަނެއް ފަޅައިގެން ގޮސްފައިވާއިރު ވާއަތުގެ އުޅަނބޮޅުން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ވާއަތުގެ ކޮނޑުހުޅުން ހަލާކުވެ ކަނާތުގެ ލޯ ދުޅަވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި ޒަހަމްވި މީހާގެ ގޭގެ ކުޑަދޮރުގެ ބިއްލޫރި ގަނޑު ތަޅާލާފައިވާއިރު އެގޭގެ ބަދިގޭގައި ހުރި ތެލިފަދަ ތަކެއްޗަށްވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.