Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލޭގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މާރާމާރީ ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތް ކައިރީގައެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނަކަށެވެ.

މި މާރާމާރީއާ ގުޅިގެން ފުލުހުން މީގެކުރިން ވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެގޮތުން 22 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އަދި އުމުރުން 24 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 12 ދުވަސް ވަނީ ޖަހާދީފައެވެ.

އަދި މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ވަނީ އިތުރު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.