Last Updated: July 3, 22:50
Friday, July 4, 2025
ޚަބަރު

އަނެއްކާވެސް މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި

Police

މާލޭގައި އަނެއްކާވެސް މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:19 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުރި ޑޮލަރު އޭޓީއެމް ކައިރީގައި ގްރޫޕް މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވެސް ގްރޫޕަކުން ވަނީ ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 8 މީހަކު ހައްޔަރުކޮށްފައެވެ.