Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮތްވާ ފެނިއްޖެ

ސައުތު ޕާމް ރިސޯޓު، ފޮޓޯ: ސައުތު ޕާމް

ސ. މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރައިގައި ހިންގަމުން އަންނަ ސައުތު ޕާމް ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮތްވާފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނުނީ އެ ރިސޯޓުގެ ސެކިއުރިޓީ މެނޭޖަރުގެ މަގާމު އަދާ ކުރަމުންދިޔަ ސ. ފޭދޫ، އަންދަލީބުގެ ،މުހައްމަދު އިކުލީލު، (އިކޫ)އެވެ. އިކޫ މަރުވެފައި އޮތްވާ ފެނުނީ އޭނާ ހުންނަ ކޮޓަރިންނެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހިމް ޒުބައިރު ވިދާޅުވީ ސައުތު ޕާމްގެ މުވައްޒަފަކު މިއަދު ހެނދުނު 9:30 ހާއިރު ސިއްހީ މަރުކަޒަށް ގެނައި ކަމަށެވެ. އަދި އޭނާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާއި ހަވާލާދީ އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.