Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އަހަރުގެ ފުރަތަމަ ހަފްތާ: ލިބުނީ 88 މިލިއަން، ހަރަދުވީ 219 މިލިއަން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަލާމް ކުރައްވަނީ -- ސަރުކާރުގެ ސިޔާސީ މަގާމުތައް ވަނީ ވައުދުވި ވަރަށްވުރެ ބޮޑުތަނުން މައްޗަށް ގޮސްފައި: ފޮޓޯ / ރައީސް އޮފީސް

ދެހާސް ވިހިވަނަ އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އެތައް ގުނައެއް ހަރަދުގެ ގޮތުގައި ބޭނުންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށި ފުރަތަމަ ހަފުތާގައި ދައުލަތަށް ފުރަތަމަ ހަފުތާގައި 54.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މުޅި ޖުމްލަ ދައުލަތަށް އާމްދަނީގެ ގޮތުގައި 88 މިލިއަން ރުފިޔާ ލިބުނު ނަމަވެސް 219 މިލިއަން ރުފިޔާ ފުރަތަމަ ހަފްތާގެ ތެރޭގައި އެކަނިވެސް ވަނީ ހަރަދުކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއާ ބަލާނަމަ ވަރަށް ބޮޑުތަނުން ދަށް އަދަދުތަކެކެވެ. މިދިޔަ އަހަރުގެ ބަޖެޓު ބޭނުން ކުރަން ފެށި ފުރަތަމަ ހަފްތާގައި ދެލައްކަ ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. ބަޖެޓުން ހަރަދު ކުރަން ފެށިތާ، ފުރަތަމަ ހަފުތާގައި ދައުލަތަށް 234.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި 153 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތަށް 93 މިލިއަން ރުފިޔާ ލިބުނެވެ.

މިއަހަރަށް ކަނޑައަޅާފައި ވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.