Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ "ޓޯކް ސީރީޒް" އިފްތިތާހުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ "ޓޯކް ސީރީޒް" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަބްދުﷲ ޝާހިދު އިފްތިތާހުކޮށްދެއްވައިފިއެވެ.

"ޓޯކް ސީރީޒް" ފެއްޓެވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވީ "ޓޯކް ސީރީޒް" ގެ ބޭނުމަކީ ޕަބްލިކް ސާވިސްގައި މަސައްކަތްކުރާ ކުރައްވާފައި ތިއްބެވި ތަކުރިބާކާރު ބޭފުޅުންގެ ތަޖުރިބާ މިނިސްޓްރީގެ މުވައްޒަފުންނާއި ހިއްސާ ކުރެވި، އެ ބޭފުޅުންގެ ތަޖުރިބާ އިން އުއްމީދު ލިބި، މަސައްކަތާއި މެދު ދެކޭގޮތާއި މަސައްކަތް ކުރަމުންދާ ގޮތް ބަދަލުވެ، އިތުރު ހިތްވަރަކާއި އުއްމީދެއް މުވައްޒަފުންނަށް ލިބިގެން ދިޔުން ކަމަށެވެ.

އަދި މިކަހަލަ ކަމެއް އިފްތިތާހު ކުރުމަށް މިނިސްޓަރު ޝާހިދަކީ ވަރަށް އެކަށީގެންވާ، ވަރަށް ދިގު މުއްދަތަކަށް ސަރުކާރުތަކުގައި ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަން މިނިސްޓަރު ހަސަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ސަރުކާރުގެ ހިދުމަތަށް އަދި ވަކިން ހާއްސަކޮށް ހާރިޖިއްޔާގައި މަސައްކަތް ކުރެއްވުމަށް ހުރި ޝައުގުވެރިކަން ހިއްސާކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި އެންމެ އުފާވި އެއް ދުވަހަކީ "ރިއޯ ސަމިޓް 92" ގައި ރާއްޖެ އަށް ސަމިޓުގެ ނައިބު ރައީސް ގޮނޑި ކާމިޔާބު ކުރެވުނު ދުވަސް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ "ޓޯކް ސީރީޒް" އަކީ ކޮންމެ މަހަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާ އިވެންޓެކެވެ.