Last Updated: April 26, 10:28
Friday, April 26, 2024
ވިޔަފާރި

ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ކޮކާކޯލާ އިން ދެނީ

މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާކޯލާ ކުންފުނިން ފަށައިފި އެވެ.

ރާއްޖޭގައި ތިބި ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކޮކާ ކޯލާގެ ޖެނެރަލް މެނޭޖާ އޮފް އޮޕަރޭޝަންސް މިލިން ދެރްސާރީ އެވެ.

ކޮކާކޯލާ އިން މިއަދު ފެށި މި ޕްރޮމޯޝަނުގައި ނަސީބުވެރި ބައިވެރިއަކާއެކު، 10 ފަރާތަކަށް އައިލޭންޑްގެ ވެރިރަށް ޑަބްލިންގައި އޮންނަ ޔޫރޯގެ މެޗެއް ބަލާލަން ދިޔުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެންނެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޮނުވާ ކޯޑު ހުންނާނީ ހަމައެކަނި ރަން ކުލައިގެ މަތިގަނޑު ހުންނަ ކޯކު ފުޅީގައި ކަމަށް ކޮކާކޯލާ އިން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދަނީ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮކާކޯލާ އިން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ބަލާލަން ދިޔުމުގެ ފުރުސަތު ވެސް ދީފައެވެ.