Last Updated: April 27, 09:44
Saturday, April 27, 2024
ވިޔަފާރި

ހެޕީ މާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށީގައި ހުޅުވައިފި

ހެޕީ މާކެޓުން އުތުރުގެ ރަށްތަކަށް ހާއްސަ ޑިސްޓްރިބިއުޝަން ސެންޓަރު ހދ. ކުޅުދުއްފުށި ސިޓީގައި ހުޅުވައިފިއެވެ.

ކުލަގަދަ ރަސްމިއްޔާތަކާއެކު ބޭއްވި ހަފްލާއެއްގައި މި ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

ހެޕީމާކެޓުން ބުނީ، ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރެއް ކުޅުދުއްފުށި ސިޓީގައި ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ހެޕީމާކެޓް އިން މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރާ ހުރިހާ ކާބޯތަކެއްޗެއް އަތްފޯރާފަށުގައި ތިލަދުންމަތީގެ ރަށްތަކަށް މާލެ ނުގޮސް ފަސޭހަކަމާއި އެކީ ފޯރުކޮށްދިނުން ކަމަށެވެ.

މިފިހާރައިން މާލޭގެ ފިހާރަތަކުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

އާ ޑިސްބިއުޝަން ސެންޓަރު ހުޅުވުމުގެ މުނާސަބަތުގައި ހެޕީ މާކެޓިން ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް މިއަދު ވަނީ ބާއްވާފައެވެ.

ހެޕީ މާކެޓަކީ ރާއްޖޭގައި ފިނި ކުރި ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް ފޯރުކޮށްދޭތާ 28 އަހަރު ވެފައިވާ ކުންފުންޏެވެ. އަލަށް ހުޅުވި ޑިސްރިބިއުޝަން ސެންޓަރުގެ ސަބަބުން އުތުރުގ ރަށްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ހެޕީމާކެޓުން ޖުމްލަ 10 ފިހާރައެއް ހިންގަމުން ދެއެވެ. ހެޕީމާކެޓްގެ ފުރަތަމަ އެކްސްޕީރިއެންސް ސެންޓަރ އަންނަ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.