Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

އެފްއޭއެމްގެ އިންތިހާބު 45 ދުވަސް ތެރޭ ބާއްވަނީ

ޔޫތް މިނިސްޓަރު މަހުލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް - ފޮޓޯ: އެފްއޭއެމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު 45 ދުވަހުގެ ތެރޭގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު 45 ދުވަސް ތެރޭގައި ބޭއްވުމަށް އެސްކޯ އަށް ހުށަހެޅުއްވުމުން އެކަން ބަލައިގެންގަފައިވާ ކަމަށެވެ.

އަދި އިންތިހާބު އަވަސްކުރަނީ ފުޓްބޯޅައިގެ ލީޑަޝިޕެއް ހޯދުމުގެ ފުރުސަތު ކްލަބުތަކަށާއި ފުޓްބޯޅަ އާއިލާތަކަށް ދިނުމުގެ މަގުސަދުގައި ކަމަށާއި އެހެންކަމުން އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ހުރިހާ އެންމެންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބަކަށް ހެދުމަށްޓަކައި ފީފާ އާއި އޭއެފްސީގެ އޮބްޒާވަރުން އިންތިހާބުގެ ކަންކަން މޮނީޓާ ކުރައްވާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިހާބު އަވަސްކުރަން ނިންމާފައިމިވަނީ އެ އިދާރާ އަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްފައެވެ.