Last Updated: April 20, 18:15
Saturday, April 20, 2024
ޚަބަރު

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.

ކަރަންޓު ދިއުމަށްފަހު އަލުން އަނބުރާ ކަރަންޓު އައިސްފައިވަނީ ގަޑިއެއްހާ އިރުވީ ފަހުންނެވެ. ކަރަންޓު ކަނޑައިގެން ދިޔަ މައިގަނޑު ސަބަބެއް އަދި ސާފެއް ނުވެއެވެ.

އައްޑޫއިން ދޭތެރެ ދޭތެރެއިން ކަރަންޓު ދާތީ އެކަމާއި ގުޅިގެން އައްޑޫ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައިވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ އެތައް 6 ގަޑިއިރުވަންދެން ކަރަންޓު ކަނޑައިގެން ގޮސްފައެވެ. އަދި އޭގެފަހުން އެ މައްސަލަ ހައްލު ކުރުމަށްޓަކައިވެސް ދޭތެރެ ދޭތެރެއިން ވަނީ ކަރަންޓު ކަނޑާލާފައެވެ.

އައްޑު އަށް، ޒަމާނުއްސުރެ ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހު ސޮއިކޮށްފައެވެ. އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކްއާ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގާ ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުންޏެވެ.

އައްޑޫ ކަރަންޓުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފަށައި، އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.