Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

މައިލޯ ސްޓްރީޓު ސޮކާ ގުރުލުން މިރޭ

ދަ ފޭދޫ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން އައްޑޫގައި ބާއްވަމުން އަންނަ ސްޓްރީޓު ސޮކާ، މިއަހަރުގެ މުބާރާތުގެ ގުރުލުން މިރޭ ބާއްވަން ނިންމައިފިއެވެ.

މުބާރާތުގެ ގުރުލުން ބޭއްވުމަށް ނިންމާފައިވަނީ މިރޭ 8:15ގައި ސ. ގަމުގެ ދޫގަސްގެ ބުލޫ ލެގޫންގައެވެ. މައިލޯއިން މެއިން ސްޕޮންސާރ ކޮށްފައިވާ މި މުބާރާތުގައި 20 ޓީމުން ވާދަ ކުރެއެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭއެވެ. މުބާރާތުގެ މެޗުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރޭގަނޑުއެވެ. އެގޮތުން މުބާރާތް ހުޅުވާ ރޭ ފިޔަވައި ކޮންމެ ރެއަކު 3 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފާއިތުވި 10 އަހަރު ކާމިޔާބު ކަމާއި އެކު ބާއްވާފައިވާ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ސްކަވޭންޖާސްއެވެ. ރަނައަޕް ހޯދީ ހަބޭސްއެވެ.