Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

ވައިރަސް ޖެހުނު 3،281 މީހަކަށް ފަރުވާދީ ރަނގަޅުކޮށްފި

ކޮރޯނާ ވައިރަސް ޖެހުނު 3000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ ރަނގަޅުކޮށްފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާގެ ހޮސްޕިޓަލުތަކުން ވަނީ މި ބަލި ޖެހުނު 632 މީހަކަށް ފަރުވާދީ ރަނގަޅުކޮށް ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މީގެތެރެއިން 356 މީހުން ނިސްބަތްވަނީ ހުބެއި ޕްރޮވިންސަށެވެ. މިއީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ޕްރޮވިންސެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާ ގޮތުގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 8.2 ޕަސެންޓު މީހުން މިހާރު ވަނީ މި ބަލިން ރަނގަޅުކޮށްފައެވެ. މިދިޔަ މަހުގެ 27 ގެ ނިޔަލަށް މި އަދަދު ހުރީ 1.3 ޕަސެންޓުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ކޮމިޝަނުން ބުނާގޮތުގައި މިއީ މި ބަލި ޖެހިފައިވާ ފަރާތްތަކަށް ދެމުން އަންނަ ފަރުވާގެ ކާމިޔާބުކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ. ނަމަވެސް އެ ފަރާތްތަކަށް ދެމުން އަންނަ ފަރުވާގެ އިތުރު ތަފްސީލެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގައި އިއްޔެގެ ނިޔަލަށް މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 908 އަށް އަރާފައިވާއިރު، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 40،000 އަށް އަރާފައެވެ.