Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ކައުންސިލް އިންތިހާބުގައި ބޮންޑާ ވާދަކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވާދަކުރަން ނިންމައިފިއެވެ.

ބޮންޑާ ވާދަކުރަން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާ އަަށެވެ. ބޮންޑާ އިންތިހާބުގައި ވާދަކުރަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ބޮންޑާ އެ ދާއިރާ އަށް ވާދަކުރަން ނިންމާފައިވާއިރު އެ ދާއިރާ އަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ފަރާތުން ނިކުންނާނީ އާމިނަތު ގުލްފިޝާމް އެވެ. އަދި އިތުރު ކެންޑިޑޭޓުންތަކެއް ވެސް އެ ދާއިރާ އަށް ވާދަކުރުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އައްޑޫގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާ ކަމަށްވާ ބޮންޑާ ވަނީ 2008 ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

އައްޑޫގެ ވިޔަފާރިވެރިންތަކެއް އުފެއްދި އައިއެފްސީން 2001 ވަނަ އަހަރު ތައާރަފްވި ބޮންޑާ ވަނީ އޭގެފަހުން ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ ނިއުރޭޑިއަންޓާއި، ވީބީ އާއި ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.