Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އެމްޑީޕީ އަށް ސެކްރެޓަރީ ޖެނެރަލެއް ހޯދަނީ

އެމްޑީޕީ

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް އެ ޕާޓީން އިއުލާންކޮށްފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިވަގުތު ހުންނެވީ އަނަސް އަބްދުއްސައްތާރެވެ. އަނަސްގެ ދައުރު މިހާރު ހަމަވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާނީ އަނަސް އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި އެ މަގާމުގެ ޝަރުތެއްގެ ގޮތުގައި ހިމަނާފައިވަނީ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުމެވެ.

މި މަގާމުގެ މުސާރައަކީ ދެ ފަރާތުން އެއްބަސްވާ އަގެކެވެ.

އެމްޑީޕީން ވަނީ މިމަޤާމަށް ކުރިމަތިލާން ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުމަށް އެދިފައެވެ.