Last Updated: April 19, 22:45
Friday, April 19, 2024
ދުނިޔެ

ވައިރަސް ޖެހިގެން ޖަޕާނުން މީހަކު މަރުވެއްޖެ

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް ޖެހިގެން ޖަޕާނުގައި މީހަކު މަރުވެއްޖެއެވެ.

ޖަޕާނުގެ ހެލްތު މިނިސްޓަރު ކަޓްސުނޯބޫ ކަޓޫ މިއަދު ވިދާޅުވީ މި ބަލި ޖެހިގެން އެގައުމުން މަރުވެފައިވަނީ އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށެވެ. މިއީ މި ބަލީގައި ޖަޕާނުން މަރުވި ފުރަތަމަ މީހާއެވެ.

ޖަޕާނަކީ ޗައިނާ ފިޔަވައި މި ބަލީގައި މީހަކު މަރުވި ތިންވަނަ ގައުމެވެ. އަނެއް ދެ ގައުމަކީ ހޮންކޮންގް އާއި ފިލިޕީންސް އެވެ.

ޗައިނާގެ ވޫހާން ސިޓީން އުފަންވި ކޮރޯނާ ވައިރަހުގައި މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 60،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.