Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހަތަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގައި ހަތަރު ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ އުތުރުގެ ރަށެއްގައި 7 އަހަރާއި 10 އަހަރުގެ ދެ އަންހެން ކުދިންނަށާއި އަދި 13 އަހަރުގެ ފިރިހެން ކުއްޖަކާއި މެދު އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއް މި މަ މަހުގެ 12 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.