Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން މީހަކު މަރުވެއްޖެ

މަހަށް ގޮސް އުޅެނިކޮށް މެޔަށް ތަދެއް އަރައިގެން މީހަކު މަރުވެއްޖެ އެވެ.

ސިފައިން ބުނީ ހއ. އުލިގަމުގެ އުތުރުން 70 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ހުރި މީހެއްގެ މެޔަށް ތަދެއް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިފައިން ގޮސް އެ މީހާއަށް އެހީތެރިވެދީފައިވާ ކަމަށެވެ. އެކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 1138 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.

އެމްއެންޑީއެފްގެ އެހީގައި އެމީހާ ގެންދިޔައީ އއ. ދިއްދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ މަރުވީ އެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

މަރުވެފައިވާ އުމުރުން 44 އަހަރުގެ މީހާއަކީ އެ ދޯނީގެ ކެޕްޓަނެވެ.