Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

މިސްރުން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

ޗައިނާގެ ވޫހާން ސިޓީން އުފަންވި ނުރައްކާތެރި ކޮރޯނާ ވައިރަސް މިސްރުން ވެސް ފެނިއްޖެއެވެ.

މިސްރުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ މިސްރުގައި އުޅޭ އެހެން ގައުމެއްގެ މީހަކު ކަމަށެވެ. އޭނާގެ ގައުމެއް، އޭނާއަށް މި ބަލި ޖެހުނު ގޮތެއް އަދި އޭނާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ މީހާއަށް އެކަހެރި ތަނެއްގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއީ އެފްރިކާގެ ގައުމަކުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ.

މި މަހުގެ ކުރީކޮޅު މިސްރުގެ ގައުމީ އެއާލައިނުން ޗައިނާ އަށް ދަތުރުކުރުން މެދުކަނޑާލާފައިވާއިރު، މި ބަލި އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީގައި އުޅެމުންދާ މިސްރުގެ 300 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ގެނެސްފައެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ގާތްގަނޑަކަށް 60،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.