Last Updated: April 25, 17:42
Thursday, April 25, 2024
ޚަބަރު

ކޮވިޑް-19އާ ގުޅިގެން ކަރަންޓީންކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފި

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއިން ކަރަންޓީންކުރި ތިން މީހުންގެ ތެރެއިން މީހަކު ދޫކޮށްލައިފިއެވެ.

މި ތިން މީހުންނަކީ ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ޗައިނާ އަށް ދިޔަ ތިން މީހުންނެވެ. އެހެންކަމުން ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ތިން މީހުންވެސް 14 ދުވަހުގެ ކަރަންޓީނެއްގައި ބެހެއްޓިއެވެ.

މި ތިން މީހުން ކަރަންޓީން ކޮށްފައި ބެހެއްޓީ ފަރުކޮޅު ފުށީގައެވެ. އަދި އެ މީހުންގެ ގައިގައި ވައިރަސްގެ އަސަރު ނެތްކަން ކަށަވަރުކުރުމަށް ޓެސްޓް ހަދާފައިވާ އިރު، މިހާތަނަށް 2 މީހެއްގެ ޓެސްޓް ނަތީޖާ ވަނީ ލިބިފައެވެ. އަދި އެ ދެމީހުން ބައްޔަށް ނެގެޓިވްކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ހެލްތު މިނިސްޓްރީން ބުނ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނާތީއާ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާތީ ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ގާތްގަނޑަކަށް 60،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.