Last Updated: April 23, 23:56
Wednesday, April 24, 2024
ޚަބަރު

"ކައުންސިލްތައް ސަރުކާރަށް ދީފި ނަމަ ހުދުމުހުތާރު ވެރިކަމަށް މިސްރާބު ޖަހާނެ"

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު -- ފޮޓޯ / ސަން

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބު ސަރުކާރަށް ދީފި ކަމަށްވާ ނަމަ ހުދުމުހުތާރު ވެރިކަމަކަށް މިސްރާބު ޖަހާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުގެ ސަރުކާރަށް ގިނަ ވައުދުތަކެއް ފުދިފައިނުވާއިރު އަދި ރިޔާސީ އިންތިހާބުގައި ވައުދުވި މިނިމަމް ވޭޖުވެސް ކަނޑައެޅިފައި ނުވާއިރު ކައުންސިލް އިންތިހާބު ސަރުކާރަށް ދީގެން ފެންނާނީ ކޮން އެއްޗެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

"ވަޒީފާގެ ޕްރޮބޭޝަން ދިގުކޮށް ބައެއް ސަބްޖެކްޓުތައް ހުއްޓާލާ ތިން ބާރު މަސްހުނި ކުރަމުންދާ މަންޒަރު ރައްޔިތުންނަށް ފެނޭ. ލޯކަލް ކައުންސިލްތައް ސަރުކާރަށް ދީފިނަމަ ހުދުމުހުތާރު ވެރިކަމަށް މިސްރާބު ޖަހާނެކަން ދަންނާނެ [ރައްޔިތުން]،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ މިއަދު އެމްޑީޕީން ކައުންސިލް އިންތިހާބަށް ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. އެގޮތުން ޕޯސްޓަރުތައް ހަރު ކުރުމަށް ބޭއްވި ހަރަކާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އަދިވެސް ތިބީ ސަރުކާރާއި އެކީގައި ސަރުކާރަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގެ ރޫހުގައި ކަމަށެވެ.