Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، އަމްޖަދު އަބްދުޢަނީގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ނިންމައިފިއެވެ.

ޖޭއެސްސީން މި މައްސަލަ ބަލަން ނިންމީ އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލޭ ކޯޓުގެ މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަން ފެށިއިރު، ޖޭއެސްސީން ދާދިފަހުން ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ފެށިކަން ވެސް ހާމަކޮށްފައެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ތަފާތު އެކި މައްސަލަތައް ބަލަމުންނެވެ.