Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ދެ ރަށެއްގައި ފެނަކައިގެ އޮފީސް އިމާރާތް އަޅަން ބަޔަކާ ހަވާލުކޮށްފި

ލ. ފޮނަދޫ އަދި ނ. ޅޮހީގައި ފެނަކައިގެ އާ އޮފީސް އިމާރާތް އަޅަން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ފެނަކައިގެ ފަރާތުން މި ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދެވެ. ޑުޕްލެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު އަސްލަމް އެވެ.

ފޮނަދޫގެ ފެނަކަ އޮފީސް އިމާރާތްކުރަން 8,645,205.05 ރުފިޔާއަށް ހަވާލުކުރީ 305 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އަދި ޅޮހީގައި ފެނަކައިގެ އޮފީސް އިމާރާތެއްގެ އިތުރުން އާ އިންޖީނުގެއެއް އިމާރާތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ޕްރޮޖެކްޓުގެ އަގަކީ 6,471,859.55 ރުފިޔާ ކަމަށްވާއިރު، މި މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.