Last Updated: October 20, 13:28
Tuesday, October 20, 2020
މުނިފޫހިފިލުވުން

ހާވީ ވައިންސްޓައިންގެ މައްޗަށް ކުށް ސާބިތުވެއްޖެ

AFP

ހޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރ ހާވީ ވައިންސްޓައިންއާ ދެކޮޅަށް އުފުލި ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެއެވެ.

ފުރަތަމަ ދަރަޖައިގެ ޖިންސީ ގޯނާކުރުމާއި ތިން ވަނަ ދަރަޖައިގެ ރޭޕްގެ ތުހުމަތު ސާބިތުވެ ވައިންސްޓައިންއަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އޭނާ ވަނީ ޕްރެޑެޓަރީ ސެކްޝުއަލް އެސަލްޓްގެ ދައުވާއިން ސަލާމަތްވެފައެވެ.

ވައިންސްޓައިން ހައްޔަރުކުރީ ނުފޫޒުގަދަ ފިރިހެނުން އަންހެނުންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އާންމުކުރުމަށް ފެށި "މީޓޫ" ކެމްޕޭނުގެ ތެރެއިންނެވެ. 80 އަށް ވުރެ ގިނަ އަންހެނުން ވަނީ އޭނާއާ ދެކޮޅަށް އަޑު އުފުލައި ހެކިބަސްވެސް ދީފައެވެ.

ވައިންސްޓައިން އާ ދެކޮޅަށް ވާހަކަ ދެއްކި އެކްޓަރުންގެ ތެރޭގައި އޮސްކާ ހާސިލް ކޮށްފައިވާ އެކްޓަރުން ވެސް ތިއްބެވެ. އޭގެ ތެރޭގައި ގްވިނެތް ޕަލްޓްރޯ، އުމާ ތަރމަން، ސަލްމާ ހެޔެކް ފަދަ ހޮލީވުޑްގެ ފުންނާބު އުސް އެކްޓަރުން ހިމެނެއެވެ.

ކުށް ސާބިތުވާ ކަން އިއުލާން ކުރިތާ މާގިނަ އިރުތަކެއް ނުވެ ވައިންސްޓަން ވަނީ މެޔަށް ތަދުވާތީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ މާޗް 11 ގައެވެ.