Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް މީގެކުރިން ހާޒިރުވަނީ -- ފޮޓޯ / ސޯޝަލް މީޑިއާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.

އެމަނިކުފާނު ހާޒިރު ކުރައްވާފައި މިވަނީ އިތުރު ތަހުގީގުތަކެއް ކުރުމަށެވެ. ނަމަވެސް އެމަނިކުފާނާއި ގުޅޭ ގޮތުން ތަހުގީގު ކުރަނީ ސީދާ ކޮން މައްސަލަތަކެއް ކަމެއް ނޭނގެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.