Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑިއާ އަށް

ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

ނަޝީދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅަކީ މާދަމާ އެގައުމުގައި ފަށާ "އިންޑިއާ އަޑިއާޒް ކޮންކްލޭވް" ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ނަޝީދު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގައި އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާއި ތަފާތު އެކި ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

ނަޝީދު ވަނީ މިދިޔަ އަހަރުގ ފަހުކޮޅު ވެސް އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި މަޖިލީހުގެ މެމްބަރުންތަކެއް ވެސް ބައިވެެރިވެ ވަޑައިގެންނެވިއެވެ.