Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެމްޑީޕީ ހަރުގެތަކުގައި ޕީޕީއެމް ޖަލްސާ ބެލުމަކީ ހިތާމަ ހުރިކަމެއް!

އިދިކޮޅު ޕީޕީއެމްއިން މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުން އަންނަ ޖަލްސާ އެމްޑީޕީ ހަރުގެތަކުގައި ބެލުމަކީ ހިތާމަކުރާ ކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ހަރުގެތަކުގައި ޕީޕީއެމް ޖަލްސާ ބެލުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް ކަމަށެވެ.

އަލްހާން ވިދާޅުވީ އިދިކޮޅު ޕާޓީގެ ޖަލްސާ އަށް އާދަޔާ ޚިލާފު އަދަދަކަށް މީހުން ނުކުތުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް
އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދުއްތުރާލުގެ ސަބަބުން ވާގޮތެއްކަމަށެވެ. އަދި މީ ރައްޔިތުން ސަރުކާރުގެ މޫނުމަތގައި ޖެހި ބޮޑު ތަފާއްޔެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

މިރޭގެ ޕީޕީއެމް ޖަލްސާއަށް ގިނަ ބަޔަކު ވަނީ ކާނިވާ ސަރަހައްދަށް އެއްވެފައެވެ. މި ޖަލްސާއަށް ގިނަ ބަޔަކު އެއްވެފައިވާ އިރު ޕީޕީއެމްއިން އަންނަނީ އެމްޑީޕީ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

ޕީޕީއެމްއިން އެމްޑީޕީއަށް އެންމެ ބޮޑަށް ފާޑުކިޔައި ހަޖޫ ޖަހަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ގިނަ ހުސް ގޮޑިތަކެއް ހުރުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މަޖްލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާއަށް ޕާޓީ މެމްބަރުންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ.